Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

ރިޝްވަތުގެ މައްސަލައެއްގައި ކަސްޓަމްސްގެ ވެރިއެއް ވަޒީފާއިން ވަކިކޮށްފި

ކަސްޓަމްސް ބިލްޑިންގ

ކަސްޓަމްސްގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި މުއާޒު އަލީ ކިޔާ ބޭފުޅަކު ރިޝްވަތުގެ މައްސަލައެއްގައި ވަޒީފާއިން ވަކި ކޮށްފި އެވެ. އޭނާއަކީ ސީނިއާ ސުޕްރިޑެންޓެންޓް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ގޮތުގައި އޭނާ ވަކި ކުރީ ރިޝްވަތު ނަގައިގެން ކަސްޓަމްސްގެ އުސޫލުތަކުގެ ތެރެއިން ވަކި ބަޔަކަށް މަންފާތަކެއް ހޯދައި ދިނުމަށް މަސައްކަތް ކުރަމުގެ މައްސަލައެއްގައެވެ. އަދި އެ މައްސަލަ ކަސްޓަމްސް ތެރޭގައި ވަނީ ތަހުގީގުވެސް ކޮށްފައެވެ.

ކަސްޓަމްސްއިން ބުނީ ކޮރަޕްޝަނާއި ގުޅޭ މައްސަލައެއްގައި އެ މުއައްސަސާގެ ސީނިއާ މުވައްޒަފަކު ވަކި ކުރެވިފައިވާ ކަމަށެވެ. އަދި އެ މައްސަލައަކީ މިވަގުތު ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރެވެމުންދާ މައްސައަކަށް ވާތީ އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ރިޝްވަތުގެ މައްސަލައެއްގައި ކަސްޓަމްސްގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރިއިރު ވަގަށް ރާއްޖެއަށް ވެހިކަލް އެތެރެ ކުރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަސްޓަމްސްއިން އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.