Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ޓެރަރިޒަމް ގާނޫނުގެ ބޭނުން ނުރަނގަޅު ގޮތުގައި ނުހިފާނަން: އިމްރާން

11 ފޮޓޯ: ރައީސް އޮފީސް

މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުން، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ލިބުނު ކުރިއެރުމެއް ކަމަށާއި، ނަމަވެސް އެގާނޫނުގެ ބޭނުން ނުރަނގަޅު ގޮތުގައި ނުހިފާނެ ކަމުގެ ޔަގީންކަން އަރުވަން ބޭނުންވާ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުން ފާސްކޮށްފައިވާ އިސްލާހުގައި ޓެރަރިޒަމް ގާނޫނުގައި ޓެރަރިޒަމްގެ އަމަލެއް ބަޔާންކުރުމުގެ އިތުރުން ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދީފައިވެއެވެ. އެގޮތުން ކޯޓު އަމުރެއް ނެތި މީހުން ހައްޔަރުކުރުމާއި ބަލާ ފާސްކުރުމާއި އެއްޗެއް ފޮރުވާފައިވާތޯ ބެލުމަށް ސްޓްރިޕް ސާޗް ކުރުމުގެ ބާރު ދީފައިވެއެވެ.

ވޭތުވެދިޔަ ތަނުގައި ޓެރަރިޒަމްގެ ގާނޫނު ބޭނުންކޮށްގެން ސިޔާސީ ހަތުރުން ހައްޔަރުކޮށް ޖަލު ހުކުމް އިއްވިތަން ފެނިގެން ގޮސްފައިވާއިރު މިސަރުކާރުންވެސް މިގާނޫނުގެ ދަށުން ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދޭން ނިންމުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިއެވެ.

މިގާނޫނު ނުރަނގަޅު ގޮތަކަށް ބޭނުންކުރުން ހުއްޓުވުމަށް މަޖިލީހުން ވަނީ ޓެރަރިޒަމްގެ އަމަލުތައް ތަފްސީލުކޮށްފައެވެ.