Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ދައުލަތުގެ އާމްދަނީ އަނެއްކާވެސް ދަށަށް

މިއަހަރުގެ އޮގަސްޓު މަހު ދައުލަތަށް ލިބުނު އާމްދަނީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު ދަށްވެއްޖެއެވެ.

މިއަހަރުގެ އޮގަސްޓު މަހާ ހަމައަށް ދައުލަތަށް އިމްޕޯޓް އެކްސްޕޯޓުން ލިބުނު ޖުމުލަ އާމްދަނީ ވެސް ދަށްވެފައިވާކަން ފާހަގަކޮށްލެވެއެވެ. މިއަހަރު 3.3 ބިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރު ލިބުނު ޖުމުލަ އަދަދަކީ 4.3 ބިލިއަން ރުފިޔާފައެވެ.

ކަސްޓަމްސް އިން ކޮންމެ މަހެއް ނިމުމުން ނެރޭ ރިޕޯޓުން ދައްކާ ގޮތުގައި އިމްޕޯޓް/އެކްސްޕޯޓް އިން ދައުލަތަށް ލިބޭ އާމްދަނީ ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރު ދައުލަތަށް މިމުއްދަތުގައި، 301 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއަހަރު ލިބިފައިވަނީ 262 މިލިއަން ރުފިޔާއެވެ.

ރާއްޖެއިން މިފަހަރުވެސް އެންމެ ގިނައިން އެކްސްޕޯޓް ކޮށްފައި ހުރީ ކަޅުބިލަ މަހުގެ ބާވަތެވެ. އިމްޕޯޓުކޮށްފައިވަނީ އެންމެ ގިނައިން ކަރަންޓު ސާމާނެވެ. ރާއްޖެއަށް އިމްޕޯޓު ކުރާ ގައުމުތަކުގެ ލިސްޓުގެ ކުރިން ޖާގަ ހޯދާފައިވަނީ ޔޫއޭއީ ޗައިނާ އަދި ސިންގަޕޫރެވެ.