Last Updated: June 10, 00:02
Tuesday, June 9, 2026
މުނިފޫހިފިލުވުން

"އާޝިގީ 2" ގެ ޑީވީޑީ ބާޒާރަށް

މި އަހަރުގެ މިހާތަނަށް ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން ބޮޑު ކާމިޔާބީއެއް ހޯދި ބަޓް ކޭމްޕްގެ "އާޝިގީ 2" ގެ ޑީވީދީ ބާޒާރަށް ނެރެފި އެވެ.

އެޕްރީލް މަހުގެ 26 ވަނަ ދުވަހު ރިލީޒް ކުރި "އާޝިގީ 2" ވަނީ ބޮކްސް އޮފީހުގައި ހައިރާން ކުރުވަނިވި ނަތީޖާއެއް ހޯދައި "100 ކްރޯޑް ކުލަބް" އަށް ވަދެ، އެންމެން ސިއްސުވާލައިފަ އެވެ.

މޯހިތު ސޫރީ ޑައިރެކްޓްކޮށް އަދިތިޔާ ރޯއި ކަޕޫރާއި ޝްރަދާ ކަޕޫރު ލީޑް ރޯލުން ފެނިގެން ދިޔަ "އާޝިގީ 2" އިން ބެލުންތެރިން އެންމެ ފާހަގަ ކުރި އެއް ކަމަކީ ފިލްމުގެ މިއުޒިކު ވަރަށް ހިތްގައިމުވެފައި ޝްދަރާގެ އެކްޓިން ވެސް މޮޅުވުމެވެ.

މަހޭޝް ބަޓް އާއި މުކޭޝް ބަޓް އަދި ބުޝަން ކުމާރާއި ކިޝަން ކުމާރު ޕްރޮޑިއުސް ކުރި "އާޝިގީ 2" ގެ ދިގު މިނަކީ 127 މިޓެވެ.
އިނގިރޭސި ސަބް ޓައިޓްލް އާ އެކު ފިލްމްގެ ޑީވީޑީ ބާޒާރަށް ނެރުނު އިރު، ޑީވީޑީ ވިއްކަނީ 299 އިންޑިއާ ރުޕީސްއަށެވެ.