Last Updated: April 24, 17:03
Wednesday, April 24, 2024
ދުނިޔެ

މެއިލް އޮން ސަންޑޭ ގޮވައިގެން މެގަން ކޯޓަށް

(Photo by Chris Jackson/Chris Jackson/Getty Images)

އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސް ހެރީ އާއި ކައިވެނިބައްލަވައިގަތް މެގަން މާކަލް، އިނގިރޭސި މެގަޒިންއެއް ކަމަށްވާ މެއިލް އޮން ސަންޑޭއާ ދެކޮޅަށް ދައުވާ ކުރަން ނިންމައިފިއެވެ.

މެގަންގެ ބައްޕައަށް ފޮނުވި ސިޓީއެއް މެއިލް އިން ލީކުކޮށްލި މައްސަލާގައި ދައުވާ ކުރަން ނިންމާފައިވަނީ ދާދި ފަހުން ފިރިކަލުން ޕްރިންސް ހެރީ، މެގަންގެ ދިފާއުގައި ވާހަކަ ދައްކާފައިވަނިކޮށެވެ. ހެރީ ވަނީ މީޑިޔާއިން މެގަންއާ ދޭތެރޭ އަމަލުކުރަނީ މަންމާފުޅު، ޕްރިންސަސް ޑަޔާނާއާ 'ޖައްސާލި' ގޮތަށް ކަމަށެވެ.

އަދި މީޑިޔާގެ ސަބަބުން މަންމަ ގެއްލިފައިވާއިރު އަންހެނުން ގެއްލެން ނޭދޭ ކަމަށް ހެރީ ބުނެފައިވެއެވެ. ޑަޔާނާ އަވަހާރަވީ ކާރު އެކްސިޑެންޓެއްގައި 31 އޮގަސްޓު 1997 ގައެވެ.

މެގަންގެ ވަކީލުން ވަނީ ސިއްރު ހިމާޔަތް ކުރުުމުގެ ގާނޫނާއި ސިއްރު މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ދައުވާ މެއިލްއާ ދެކޮޅަށް ކުރަން ނިންމާފައެވެ.

މިމައްސަލާގައި މެއިލް އިން ބުނެފައިވަނީ އެނޫހުން ޝާއިއުކުރި ހަބަރު ނުނަގާނެ ކަމަށާއި މައްސަލާގައި ނޫހުންވެސް ދިފާއަށް މަސައްކަތް ކުރާނެ ކަމަށެވެ. މެއިލްގައި ޝާއިއުކުރި މެގަންގެ ބައްޕައަށް ފޮނުވި ސިޓީގެ ފޮޓޯއެއް އަދިވެސް އެނޫހުގައި ޖަހާފައި ހުރި ކަމަށް "ގާޑިއަން" އިން ރިޕޯޓުކޮށްފައިވެއެވެ.

މެއިލް އޮން ސަންޑޭގެ އިތުރުން ޑެއިލީ މެއިލް އަދި މެއިލް އޮންލައިނަކީވެސް އެއް މީޑިޔާ ގްރޫޕަކަށް ނިސްބަތްވާ ނޫސްތަކެވެ. ތިން ނޫހުންވެސް ވަނީ މެގަން ޝާހީ އާއިލާއާ ގުޅުނު ފަހުން މެގަން އާ ގުޅުވައިގެން ވަރަށް ގިނަ ޚަބަރުތަކެއް ގެނެސްދީފައެވެ. އެގޮތުން ހެރީއާއި މެގަންގެ ޚަރަދުތަކާއި ގުޅޭ ޚަބަރުތައް ވެސް ހިމެނެއެވެ.