Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހު ކުރުން މިރޭ

ރައީސް ސޯލިހާއި ނާއިބު ރައީސް ފައިސަލް އަދި ވަޒީރުން މަޖިލީހުގެ މެންބަރުން ފޮޓޯއަކަށް ހުއްޓި ވަޑައިގެން -- ފޮޓޯ / ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން މިރޭ އިފްތިތާހް ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހް ކުރުމުގެ ޖަލްސާ އޮންނާނީ މިރޭ 21:00ގައި ދަރުބާރު ގޭގައެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓު އިބްރާހީމް ހޫދު ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ މަސައްކަތު 100 ދުވަހުގެ ފަހުން ކުރަމުން އައި މުހިންމު މަސައްކަތަކީ ކުރިޔަށްއޮތް 5 އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ތައްޔާރުކުރުންކަމަށެވެ. އަދި އެ ޕްލޭން ތައްޔާރުކޮށް ނިމިފައިވާ ކަމަށްވެސް އެ ދުވަހުގެ ބައްދަލުވުމުގައި ހޫދު ވިދާޅުވިއެވެ.

މި އެކްޝަން ޕްލޭން ބިނާވާނީ ރިޔާސީ އިންތިހާބުގެ މެނިފެސްޓޯއާ، މަޖިލިސް ކެންޕޭނުގައި ބޭނުންކުރި "އެޖެންޑާ 19"ގެ ކެންޕޭނުގައި ބޭނުންކުރި އެޖެންޑާއާ ސަރުކާރުގެ އެހެނިހެން ސިޔާސަތުތައް އެކުލެވޭގޮތަށެވެ.

އަދި މި ޕްލޭނަކީ ކުރިޔަށް އޮތް 5 އަހަރުގެ ސަރުކާރުގެ މަގު ޗާޓެވެ. މީގައި ސަރުކާރުން ކުރައްވާނެ ހުރިހާ ކަމެއް އެކުލެވިގެންދާއިރު ކޮންމެ އަހަރެއްގެ އެނުއަލް ޓާގެޓް ވެސް މި އެކްޝަން ޕްލޭންގައި ހިމެނިފައިވާނެ ކަމަށް މީގެކުރިން ސަރުކާރުން ވަނީ ބުނެފައެވެ.