Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

މަރާ ކޮންމެ ތިން ބުޅަކަށް 100 ރުފިޔާ ދެނީ

ބުޅަލުގެ އުނދަގޫ ރައްޔިތުންނަށް އުނދަގޫވާ ކަމަށް ބުނެ އަގު ދީގެން ބުޅާ މަރަން ރ. އުނގޫފާރު ކައުންސިލުން ނިންމައިފި އެވެ.

އުނގޫފާރު ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ބުޅަލުގެ ސަބަބުން އާއްމު ރައްޔިތުންނަށް އެތައް އުނދަގުލެއް ކުރިމަތިވާ ކަމަށެވެ. އެގޮތުން އެރަށުގެ ރައްޔިތުންގެ ގޭގޭގެ ފުރާޅުން ފެން ނެގުމަށާއި މީހުންނަށް އުނދަގޫވާ ކަމުގެ ޝަކުވާ ލިބެމުުންދާތީ ބުޅާ މަދު ކުރުމުގެ ޕްރޮގްރާމެއް ހިންގަން ނިންމާފައިވާ ކަމަށް އުނގޫފާރު ކައުންސިލުން ބުނެއެވެ.

އުނގޫފާރު ކައުންސިލުން ކުރި އިއުލާނުގައި ބުނީ ބުޅަލުގެ އުނދަގޫ ކުޑަ ކުރުމަށްޓަކާ ބުޅާ ހިފުމަށް ފަހު ކައުންސިލާއި ހަވާލު ކުރުމުން ކޮންމެ ތިން ބުޅަލަކަށް 100 ރުފިޔާ ދޭނެ ކަމަށެވެ.

އިއުލާނުގައިވާ ގޮތުން މަރާލާފައިވާ ބުޅާ ބަލައިގަންނާނީ ހެނދުނު 8:30 އިން މެންދުރު 11:00 އަކަށެވެ. އުނގޫފާރު ކައުންސިލުން ބުނީ މިކަން އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ.