Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ޔާސިރު ބަންދުކޮށްފައި ހުރީ ޓެރަރިޒަމާ ގުޅުން އޮތުމުން: އިމްރާން

އިމްރާން އަބްދުﷲ - ފޮޓޯ: ހޯމް މިނިސްޓްރީ

އަހުމަދިއްޔާ ސްކޫލްގައި އަރަބި ކިޔަވައިދެމުން ދިޔަ ޔަމަނުގެ ޔާސިރު ޔަހްޔާ ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައިހުރީ ޓެރަރިޒަމާ ގުޅުން އޮތުމުން ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާތީ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާނާއި ސީޕީ ހަމީދު އަދި ޗީފް ސުޕްރިޑެންޓާއެކު ބާއްވަމުންދާ ޕްރެސް ކޮންފަރެންސުގައި މައުލޫމާތު ދެއްވަމުން ސީޕީ ހަމީދު ވިދާޅުވީ، ޔާސިރް ޔަހުޔާ ބަންދުކޮށްފައިހުރީ ޓެރަރިޒަމާ ގުޅުންހުރި ޖަމާއަތްތަކާއި ގުޅުން އޮންނަ މައުލޫމާތާއި، އޭނާގެ ބެކްގްރައުންޑަކީ މިފަދަ ކަންކަމާ ގުޅޭގޮތުން ޕާކިސްތާނާއި ޔަމަން އަދި އޮމާނުގައި ހައްޔަރުވެސް ކޮށްފައި ހުރި މީހެއް ކަމަށް ވާތީ، ދިވެހި މުޖުތުމައުގެ ސަލާމަތަށް ބަލާފައި ކަމަށެވެ.

އަދި ޔާސިރް ޔަހުޔާ ރާއްޖެއިން ޑީޕޯޓްކޮށްލަން މަސައްކަތް ކުރުމުން ޕާސްޕޯޓު ފޮރުވާފައިވާ ކަމަށާއި، ޔަމަނުގެ ރައްޔިތަކާ ދެކޮޅަށް ރާއްޖޭގައި ދައުވާނުކުރަން ޔާސިރަށް ދައުވާކޮށްފައިނުވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ޔާސިރު ރާއްޖެ ދޫކޮށް ދާން ބޭނުން ނަމަ އެފުރުސަތު އެބަ އޮތް ކަމަށާއި ނަމަވެސް ޔަމަން މިހާރު އޮތް ހާލަތަށް ބަލައި ޑީޕޯޓު ނުކުރަން ނިންމާފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ތަފްސީލު އަންނަނީ..