Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

މި ދައުރުގައި މަޖިލީހަށް 48 ބިލެއް ހުށަހަޅާނެ: މަޖިލިސް ރައީސް

ރައްޔިތުން މަޖިލީހުގެ މި ދައުރުގައި 48 ބިލެއްގެ މަސައްކަތް ކުރުމަށް ރާވާފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަވާރަވަނަ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ދައުރުގެ މަސައްކަތް ނިންމާ ދެވަނަ ދައުރުގެ ޖަލްސާތައް މިއަދު ފައްޓަވައި ދެއްވަމުން ރައީސް މުހައްމަދު ނަޝީދު ވަނީ 48 ބިލުގެ ތެރެއިން 30 ބިލެއް ސަރުކާރުން ހުށަހަޅުއްވާނެ ފަދަ މޭރުމަކުން ވާހަކަފުޅުދައްކަވާފައެވެ. އަދި 18 ބިލެއް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ތެރެއިން ހުށަހަޅާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ދައުރުގައި މުހިއްމު ބިލުތަކެއްގެ މަސައްކަތް ހުއްޓަސް އެންމެ ބޮޑަށް އަމާޒު ހިފާނީ އަންނަ އަހަރަށް ކަނޑައަޅާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ކުރުމަށް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މުހިއްމު ބިލުތައް:

ފުލުހުންގެ ގާނޫނަށް އިސްލާޙުގެ ގެނައުމުގެ ބިލު
ބޯހިޔާވަހިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
އެންމެ ކުޑަ އުޖޫރައެއް
ކޯޓުގެ ގާނޫނަށް އިސްލާޙުގެ ގެނައުމުގެ ބިލު
ފަނޑިޔާރުންގެ ގާނޫނަށް އިސްލާޙުގެ ގެނައުމުގެ ބިލު
އިންކަމް ޓެކްސް ނެގުމުގެ ބިލު
އިންތިގާލީ އިންސާފުގެ ބިލު
ލާމަރުކަޒީ ގާނޫނުނަށް އިސްލާޙުގެ ގެނައުމުގެ ބިލު
ފެނާ ކަރަންޓާ ނަރުދަމާއާ ގުޅޭ ބިލު
ސިވިލް ޕްރޮސީޖާސް ކޯޑާ ގުޅޭ ބިލު
ކްލައިމެޓް ރެސިލިއަންސް އާ ގުޅޭ ބިލު
ރުއް ގަހާ ގުޅޭ ބިލެއް
ބޯހިޔާވަހިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
ތައުލީމީ ދާއިރާއާ ގުޅޭ ބިލު
އާއިލާއާ ވަރި ކައިވެންޏާ ގުޅޭ ބިލެއް
ވަޒީފާއެއް ހޯދާ މީހުނަށް އިނާއަތެއް ދޭ ބިލު
ދަތުރުފަތުރުގެ ނިޒާމާ ގުޅޭ ބިލު

މަޖިލީހުގެ މި ދައުރުގެ މަސައްކަތް އޮންނާނީ އޮކްޓޫބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.