ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީ އަށް ހާޒިރުކުރުމަށް އޮތް ބައްދަލުވުން ކެންސަލް ކޮށްފިއެވެ.
މިދިޔަ މަހުގެ 24ވަނަ ދުވަހު ބޭއްވި 241 ކޮމެޓީގެ ބައްދަލުވުމުގައި އެންއައިސީ ހާޒިރު ކުރުމަށް ނިންމިއެވެ. އަދި މިއަދު 11:00އަށް ކޮމެޓީގެ ބައްދަލުވުމެއް އެޖެންޑާ ކުރިއެވެ. އެ ޖެންޑާގައި ވެސް އޮތީ 241 ކޮމެޓީއަށް އެންއައިސީގެ މެންބަރުން ހާޒިރު ކުރުމެވެ. ނަމަވެސް ކޮމެޓީގެ ބައްދަލުވުން ކެންސަލް ކުރީއެވެ. ސަބަބެއް ނާންގައެވެ.
ރިލްވާންގެ މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް މިދިޔަ ޖޫން މަހު މަޖިލީހުން ފާސްކުރިއިރު، އެ މައްސަލާގައި އެންއައިސީގެ މެމްބަރުން ކޮމިޓީ އަށް ހާޒިރުކުރަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްއެވެ. މި ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.
ލްވާންގެ މައްސަލާގައި އެންއައިސީގެ މެމްބަރުން ކޮމިޓީ އަށް ހާޒިރުކުރާއިރު ރިލްވާންގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ އިހުމާލެއް އޮތް ކަމުގެ ހެއްކެއް ނެތް ކަމަށް ދާދިފަހުން އެންއައިސީން ވަނީ ނިންމާފައެވެ.
އެންއައިސީން މި ނިންމުން ނިންމާފައިވަނީ ރިލްވާންގެ މައްސަލާގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ބުނެ އޭނާގެ އާއިލާ އިން 2014 ވަނަ އަހަރު ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.
އެންއައިސީން މިހެން ބުނެފައިވާއިރު ރިލްވާންގެ މައްސަލައާ ގުޅިގެން މަރުތަކާ ބެހޭ ކޮމިޝަނުން ނެރުނު ދެވަނަ ޑްރާފާޓް ރިޕޯޓުގައި ވަނީ އެކަމުގައި ފުލުހުންގެ އިހުމާލު އޮތްކަން ފާހަގަކޮށްފައެވެ.
އެ ކޮމިޝަނުން ނެރުނު އެ ރިޕޯޓުގައި ބުނެފައިވަނީ ދީނީ ހަރުކަށި ޖަމާއަތުގެ ބަޔަކު ރިލްވާން ރަހީނު ކުރުމަށްފަހު ކަނޑު އުޅަނދަކަށް އެރުވުމަށްފަހު ވަނީ މަރާލާފައެވެ.