Last Updated: July 28, 13:29
Tuesday, July 28, 2026
ޚަބަރު

ނިއުޝާ، ފިލްޒާ، ހަލީމް އިތުރު ދައުރަކު މަގާމުގައި ބަހައްޓަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސް ތިން މަގާމެއްގައި ހުންނެވި ބޭފުޅުން އިތުރު ދައުރަކަށް މަގާމުގައި ބައިތިއްބުމަށް މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ.

އެ ތިން މަގާމަކީ މަޖިލީހުގެ އަމީން އާއްމުގެ މަގާމުގައި މިވަގުތު ހުންނެވި ފާތިމަތު ނިއުޝާއާ ކައުންސިލަ ޖެނެރަލްގެ މަގާމުގައ ހުންނެވި ފާތިމަތު ފިލްޒާއާ އަދި ސާޖެންޓް އޮފް އާމްސްގެ މަގާމުގައި ހުންނެވި މުހައްމަދު ހަލީމެވެ. މި ތިން ބޭފުޅުން އިތުރު ދައުރަކަށް މަގާމުގައި ބެހެއްޓުމަށް ނިންމަން ވޯޓު ނެގީ ވަކިވަކިންނެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ އިދާރާގެ އިސްވެރިންގެ މަގާމުގެ ތެރެއިން އަމީންއާންމާއި ކައުންސިލަ ޖެނެރަލްގެ އިތުރުން ސާޖެންޓް އޮފް އާމްސްގެ ދައުރަކީ ފަސް އަހަރު ދުވަހުގެ މުއްދަތެވެ.

އަމީންއާންމުގެ މަގާމަށް ނިއުޝާ އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ނުވަވަނަ ދުވަހުގަ އެވެ. މަޖިލީހުގެ ކައުންސިލަ ޖެނެރަލްގެ މަގާމަށް ފިލްޒާ އައްޔަން ކުރެއްވީ ޑިސެމްބަރު 18، 2011 ގަ އެވެ. ސާޖެންޓް އޮފް އާމްސްގެ މާގަމަށް މުހައްމަދު ހަލީމް ފުރަތަމަ އައްޔަން ކުރެއްވީ އޮކްޓޫބަރު 31، 2013 ގަ އެވެ.