Last Updated: June 8, 18:49
Monday, June 8, 2026
ޚަބަރު

މާލޭގައި ބިދޭސީއަކު ކިޑްނެޕް ކޮށްފައި ހުއްޓާ ސަލާމަތްކޮށްފި

މާލޭގައި ބިދޭސީއަކު ކިޕްނެޑްކޮށްފައި ވަނިކޮށް ފުލުހުން ގޮސް އެމީހާ ސަލާމަތްކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާފަންނުގައި ހުރި ބިދޭސީން ދިރިއުޅޭ އިމާރާތެއްގެ ބިދޭސީއަކު ކިޑްނެޕް ކޮށްފައި ހުރި ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެގެއަށް ގޮސް އެމީހާ ސަލާމަތްކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ އެމީހާ ކިޑްނެޕް ކޮށްފައި ހުރީ އެ އިމާރާތުގރ ތިން ވަނަ ފަންގި ފިލާގައި ކަމަށެވެ.

މި ހާދިސާ ގައި 5 ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިދިޔަ މަހުވެސް ބިދޭސީއަކު ވަނީ ކިޑްނެޕްކޮށްފައެވެ. އެމީހާވަނީ ކިޑްނެޕްކޮށްފައި ހުއްޓާ ސަލާމަތްވެގެން ދުވެފައިގޮސް ގަލޮޅު ޕޮލިސް ސްޓޭޝަނަށް ވަދެ ހިމާޔަތް ހޯދާފައެވެ.