Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ރާއްޖޭގެ ދޯންޏެއް އިންޑިޔާ ކަނޑުން ހިފަހައްޓައިފި

ރާއްޖޭގެ މަސް ދޯންޏެއް އިންޑިޔާ ކަނޑުގެ ތެރެއަށް ގަވާއިދާ ޚިލާފަށް ވަނުމުން އެގައުމުގެ ކޯސްޓު ގާޑުން ހިފަހައްޓައިފިއެވެ.

މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިފަހައްޓާފައިވަނީ "އަންބަރީ" ކިޔާ ދިވެހި މަސް ދޯންޏެކެވެ. އެ ދޯނި ހިފަހައްޓައި މަލިކު ފަޅަށް ވައްދާފައި ތަހުގީގެއް ވަނީ ފަށާފައެވެ.

ދޯނި އަތުލީ މަލިކު މޭރުން ތިން މޭލުގައި ވަނިކޮށެވެ. ދިވެހި ސިފައިން ވަނީ ރާއްޖޭގެ ކަނޑުން ބޭރަށް މަސް ބޭނުމަށް ނުވަތަ އެނޫން ބޭނުމަކަށް ވެސް އެއްވެސް ކަނޑު ދަތުރުކުރާ ފަރާތަކުން ނުދިއުމަށް ތަކުރާރުކޮށް އިލްތިމާސް ކޮށްފައެވެ.

ރާއްޖެއިން ބޭރުގެ އުޅަނދުތައް ހިފަހައްޓާ ގޮތަށް ބޭރު ގައުމުތަކުން ދިވެހި އުޅަނދުތައް ވެސް ހިފަަހައްޓާނެ ކަމަށް އެމްއެންޑީއެފުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މީގެ ކުރިން ބުނެފައިވެއެވެ.