Last Updated: July 28, 13:29
Tuesday, July 28, 2026
ޚަބަރު

މެންބަރު ޔާސިރު އެކްސިޑެންޓުވެ ބޮޑެތި އަނިޔާތަކެއްވެއްޖެ

މެންބަރު ޔާސިރު --

ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރުދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް އެކްސިޑެންޓްވެ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ސިނަމާލެ ބްރިޖުގެ ހުޅުލެއާވީ ކޮޅުގައި ހުންނަ ޓްރެފިކް ލައިޓް ކައިރީގައި ރޭ ހިނގި މިއެކްސިޑެންޓްގައި ޔާސިރަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ. މި އެކްސިޑެންޓް ހިނގީ ހުޅުމާލެއަށް ދަނިކޮށް ބްރިޖްގެ އެއަރޕޯޓް ލައިޓާއި އަރާހަމަވިތަނުން ސައިކަލް ކަހާލައިގެންނެވެ. އަދި އެވަގުތު ފަހަތުން އައި ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ޔާސިރުގެ ގައިމަތިން ދިޔައެވެ.

"އައްޑޫލައިވް"އާ ވާހަކަދައްކަމުން މެންބަރު ޔާސިރުގެ ރަހުމަތްތެރިއަކު ބުނީ ޔާސިރު ސައިކަލުން ކަހާލައިގެން ވެއްޓި އޭނާގެ ދަތްދޮޅި ފަޅައިގެން ދިޔަ ކަމަށެވެ. އަދި ގައިގެ އެކި ތަންތަނުން މަށައިގެން ދިޔަ ކަމަށްވެސް އޭނާ ބުންޏެވެ.

މި އެކްސިޑެންޓުގައި ޔާސިރުގެ މޭކަށިގަނޑުން 4 ކަށިގަނޑެއް ވަނީ ބިންދައިގެން ގޮސްފައެވެ. އެހެންނަމަބެސް އެކަށިގަނޑުތައް ވަކިވެފައިނުވާތީ އިތުރު އޮޕަރޭޝަނަކަށް ދާން ނުޖެހޭ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ މެންބަރު ޔާސިރުގެ ރަހުމަތްތެރިޔާ ބުންޏެވެ. އެކަމަކު އިތުރަށް ލޭ އަންނަ ކަމަށްވާނަމަ އިތުރު އޮޕަރޭޝަނަކަށް ދާން ޖެހިދާނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.