Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

އުސް އިމާރާތަކުން ބިދޭސީއަކު ވެއްޓި ބޮޑެތި އަނިޔާތަކެއް

އަނެއްކާވެސް އުސް އިމާރާތަކުން ބިދޭސީއަކު މަސައްކަތް ކުރަނިކޮށް ވެއްޓި، ބޮޑެތި ޒަޚަމްތަކެއް ލިބިއްޖެއެވެ.

މިއަދު ހިނގި މިހާދިސާގައި އަނިޔާވެފައިވަނީ ވެލާނާ އެއާޕޯޓުގައި އަލަށް ހަދަމުންދިޔަ ކާގޯ އިމާރާތެއްގައި މަސައްކަތްކުރި ބިދޭސީއެކެވެ.

މިއަދު ހެނދުނު 8:20 އެހާކަށްހާއިރު ހިނގި މިހާދިސާގައި ބިދޭސީ މީހާ ފަސްޓް އެއިޑްއަށް ގެންދިއުމަށް ފަހު އަނިޔާތައް ސީރިއަސް ކަމުން މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.

ފުލުހުން އަންނަނީ މިހާރު މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ދިވެހިންގެ އިތުރުން ބިދޭސީންނަށް މިފަދަ އަނިޔާތައް ލިބެނީ އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް އެދެވޭ ގޮތެއްގައި ނާޅާތީ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.