ސ. ހިތަދޫ ޝަރަފުއްދީން ސްކޫލްގެ ޕްރައިޒް ޑޭ ހަފުލާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު ވަހީދު މާދަމާ އައްޑު އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މާދަމާ ރޭ އެ ސްކޫލުގައި ބާއްވާ ހަފުލާ އަށް ރައީސް ވަޑައިގަންނަަވަނީ އެ ސްކޫލްގެ ދައުވަތަކަށެވެ.
ރައީސްގެ "ގައުމައިގެން ކުރިއަށް" ކޯލިޝަންގެ އައްޑޫ އިސް ބޭފުޅަކު މިއަދު ވިދާޅުވީ ރައީސް މާދަމާ އައްޑު އަށް ވަޑައިގެންނެވި ނަމަވެސް ކޯލިޝަންގެ އެއްވެސް ހަރަކާތެއް އައްޑޫގައި ކުރިއަށް ނުގެންދާނެ އެވެ.
އަދި ޝަރަފުއްދީންގެ ޕްރައިޒް ޑޭ ހަފުލާ ނިންމާލުމަށް ފަހު ރައީސް އައްޑޫން ފުރާވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސް އެންމެ ފަހުން އައްޑު އަށް ވަޑައިގެންނެވީ "ގައުމައިގެން ކުރިއަށް" ކޯލިޝަންގެ ކެމްޕޭނަށް މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ.
ރައީސް ޑރ. ވަހީދު މާދަމާ އައްޑު އަށް ވަޑައިގަންނަވާ އިރު ހޮނިހިރު ދުވަހު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑު އަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.