Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ލިންކު ރޯޑުގައި ޕިކަޕެއް އެކްސިޑެންޓުވެއްޖެ

އެކްސިޑެންޓުވި ޕިކަޕް: ފޮޓޯ - ކިޔުންތެރިއެއް

އައްޑޫ ލިންކު ރޯޑުގައި ޕިކަޕެއް އެކްސިޑެންޓުވެ ގަހަކަށް އަރައި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ލިންކް ރޯޑުގައި ދުއްވާފައިދިޔަ ޕިކަޕެއްގެ ފުރޮޅު ފަޅައިގެން ގޮސް އެކްސިޑެންޓެއް ވެފައިވާކަމުގެ މައުލޫމާތު މިއަދު މެންދުރު 13:00 ހާއިރު ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ޕިކަޕުގެ ތެރޭގައި ތިބި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އަދި ޕިކަޕުގެ ފަހަތުގައި ތިބި ތިން މީހަކަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. މި ފަރާތްތަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ.

ފުލުހުން އަންނަނީ މިކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.