Last Updated: June 7, 06:04
Sunday, June 7, 2026
ވިޔަފާރި

ކޭބަލް އިންސްޓަލޭޝަން އަމިއްލަ ފަރާތަކަށް

އައްޑޫގެ ރާރު އަޅައިގެން ހަދާފައިވާ މަގުތަކެއް: މަގުތަކުގައި ޖެހުމަށް މިނިސްޓްރީ ވަނީ ލައިޓް ދީފައި. ފޮޓޯ/ ކިއުންތެރިއެއް

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުން އައްޑޫގެ ތިން ރަށެއްގެ ކޭބަލް އިންސްޓަލޭޝަން ކޮންޓްރެކްޓް އުސޫލުން އަމިއްލަ ފަރާތަކާ ހަވާލު ކުރަން ނިންމައިފި އެވެ.

އެ ކުންފުނީގެ ސީނު އޮޕަރޭޝަނުން ނެރެފައިވާ އިއުލާނެއްގައި ބުނަނީ މަރަދު އާއި ފޭދޫގެ އިތުރުން ގަމުގެ އިމާރާތްކުގެ އެތެރޭގައި ހަދަން ޖެހޭ ކޭބަލް އިންސްޓަލޭޝަން ކޮންޓްރެކްޓް އުސޫލުން އަމިއްލަ ފަރާތަކާ ހަވާލު ކުރަން ބޭނުންވާ ކަމަށެެވެ.

އެގޮތުން މިކަމާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް އިއްޔެ ވަނީ ބާއްްވާފަ އެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މާދަމާ މެންދުރު 2:00 އާ ހަމައަށް ވަނީ ހުުވާލާފަ އެވެ.

ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ ހިތަދޫގައި ހުންނަ ދިރާގު ސީނު އޮޕަރޭޝަން އޮފީހަށެވެ.