Last Updated: July 28, 11:30
Tuesday, July 28, 2026
ޚަބަރު

ލޯންޗު އެކްސިޑެންޓެއްގައި ޒުވާނެއްގެ ފައި ބުރިވެއްޖެ

ކަނޑުގަދަ ދުވަހެއްގައި ފުލުހުންގެ ލޯންޗެއް --

ކަނޑު މަތީގައި ހިނގި ނުރައްކާތެރި އެކްސިޑެއްޓެއްގައި އިނގުރައިދޫ ޒުވާނެއްގެ ފައި ބުރި ވެއްޖެއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ރ.އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ "ނެލު" ގެ އިރުމަތީ ފަރާތު އުރަފަށް ކައިރީގައި ސްނޯކްލިން އަށް ގޮސް އުޅުނު މީހެއްގެ ގައިގައި، ދުއްވާފައިދިޔަ ޑިންގީ އަކުން ޖެހި ޒަހަމްވެފައިވާ ކަމުގެ ރިޕޯޓު މިއަދު ހަވީރު 16:00 ހާއިރު ލިބިފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާ އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. އަދި އިތުރު ފަރުވާ އަށް އޭނާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އާއިލާއާ ހަވާލާދީ އޮފިޝަލް ވިދާޅުވިއެވެ.

"މި ހާދިސާގައި އޭނާގެ އެއް ފައި ވަނީ ބުރިވެފައި" އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.