Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ސީރިޔާއަށް ރާއްޖެ އަތުން ހަނި މޮޅެއް

މިއަދު ކުޅުނު ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުގައި ސީރިޔާ އާއި ދިވެހި ރާއްޖެ ބައްދަލުކޮށް 1-2 އިން ސީރިޔާ ކުރި ހޯދައިފިއެވެ.

ސީރިޔާ ޓީމުގެ މޮޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ރާއްޖޭގެ ޑިފެންސް ލައިނުން ވަނީ މިމެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި ސީރިޔާ ލީޑު ނެގިއިރު ރާއްޖެއަށް ވަނީ 10 މިނެޓު ފަހުން ނަތީޖާ ހަމަހަމަ ކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރު ވެފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ސީރިޔާއިން އަނެއްކާވެސް ލަނޑެއް ޖަހާފައިވާއިރު ދެލަނޑުވެސް ފެނިގެން ދިޔައީ އޮމަރު އަލް ސަމާހުއެވެ.

ސީރިޔާ އިން ނެގި ދެ ގޯލުގެ ލީޑު ހަނިކޮށްލީ 70 ވަނަ މިނެޓުގައި އަލީ އަޝްފާގް ދަގަނޑޭ ޖަހާދިން ގޯލަކުންނެވެ. ދަގަނޑޭ ވަނީ ފަހު ހާފުގައި ރަނގަޅު ކުޅުމެއް ދައްކައި ފުރުސަތުތައް ތަނަވަސްކޮށް ސީރިޔާ ގޯލަށް ނުރައްކާ ކޮށްފައެވެ.

ގަތަރުގައި ކުޅުނު މިމެޗުގައި ދިވެހި ޓީމުން ހިތްވަރު ކުރި ނަމަވެސް މެޗު ނިމިގެން ދިޔައީ ނަތީޖާއަށް އިތުރު ބަދަލެއް ނައިހެވެ. މިގްރޫޕުގައި ޗައިނާއާއި ގުއާމް ބައްދަލުކުރި މެޗު ޗައިނާ ވަނީ ފަސޭހަކަމާއެކު 0-7 އިން މޮޅުވެފައެވެ.