ރ. ހުޅުދުއްފާރުން ދިރިއުޅުމަށް ދޫކުރުމަށް ކަނޑައަޅައި ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކަށް ލިބިފައިވާ ޕޮއިންޓުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހުޅުދުއްފާރު ކައުންސިލުން ގެޒެޓުގައި ކޮށްފައިވާ އިއުލާނެއްގައި ބުނީ ހުޅުދުއްފާރުން ގޯތި ދޫކުރުމަށް ހުޅުވާލި ފުރުޞަތުގައި އެކަމަށްއެދި ހުށަހެޅުއްވި ފޯމްތަކަށް ލިބިފައިވާ ޕޮއިންޓްތައް ޢާއްމު ކޮށްފައިވާ ކަމަށެވެ. އަދި ގޯއްޗަށް އެދުނު ފަރާތްތަކަށް ލިބުނު ޕޮއިންޓާއިމެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން އޮތްނަމަ، އެކަމަށްއެދޭ ފޯމުން އެ ކައުންސިލަށް ހުށަހެޅުމަށް ވެސް ވަނީ އެދިފައެވެ.
ޝަކުވާ ހުށަހަޅާ ފޯމް ދޫކުރާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރުފަހު 14:00އަށް ކަމަށްވެސް ހުޅުދުއްފާރު ކައުންސިލުން ބުންޏެވެ. ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހުތާރީޚަކީ 20 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ 14:00 ކަމަށް ހުޅުދުއްފާރު ކައުންސިލުން މައުލޫމާތުދެއެވެ.
ހުޅުދުއްފާރުން ދޫކުރުމަށް ހަމަޖެހިފައި ވަނީ 2000 އަކަފޫޓުގެ 70 ގޯއްޗެވެ.