Last Updated: April 24, 20:13
Wednesday, April 24, 2024
ޚަބަރު

ދެގަޑިއިރަށް ވުރެ އަވަހަށް ފުރަތަމަ ފަހަރަށް މެރަތަންއެއް ނިންމާލައިފި

ދުނިޔޭގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް 2 ގަޑިއިރު ނުވަނީސް މެރަތަން އެއް ނިންމާލައި، އެލިއޫޑް ކިޕްޗޯޖް ރެކޯޑު ހަދައިފިއެވެ.

ކެންޔާގެ ދުވުންތެރިޔާއަކީ މީގެ ކުރިންވެސް މިރެކޯޑު އޮންނަ ދުވުންތެރިޔާއެވެ. ނަމަވެސް ބާލިންގައި ދުވި ދުވުމުން އެލިއޫޑް މެރަތަން ނިންމާލީ ދެގަޑިއިރު އެއް މިނެޓުންނެވެ.

މިއަދު އޮތް އިނިއޮސް 1:50 އިވެންޓުގައި އެލިއޫޑް ދުވުނީ 41 ޕޭސްމޭކަރުންނާ އެކުގައެވެ. މެރަތަން ކާމިޔާބު ކަމާއެކު ނިންމާލައި ތާރީޚުން އޭނާ ޖާގަ ހޯދީ 1:59:40 ގެ ވަގުތު ތެރޭގައި 42.2 ކިލޯމީޓަރުގެ ދުވުން ނިންމާލަމުންނެވެ.

އޭނާ ދުނިޔޭގެ ރެކޯޑު ހެދި އިވެންޓު ބަލަން 25،000 އަށްވުރެ ގިނަ މީހުން އެސަރަހައްދަށް އެއްވެ ތިއްބެވެ. ތާރީޚީ ކާމިޔާބަށް އެތައް ބަޔެއްގެ ތަރުހީބު އޮހެމުން އަންނައިރު މިއީ ތަޖުރިބާކާރުންނާއި ސައިންސްވެރިންވެސް، ކުރިން ނުކުރެވޭނެ ކަމެއްގެ ގޮތުގައި ބަލަމުން އަންނަ ކަމެކެވެ.

ނަމަވެސް އެތައް އަހަރެއް ވަންދެން ދެކެމުން އައި ހުވަފެން މިއަދު އެލިއޫޑް ހަގީގަތަކަށް ހަދާފައިވަނީ އެތައް ބަޔެއްގެ އެހީތެރިކަމާއި އެހާމެ ބުރަ މަސައްކަތުންނެވެ.