Last Updated: June 10, 00:02
Tuesday, June 9, 2026
މުނިފޫހިފިލުވުން

ޝިލްޕާ ޓީވީ ސިލްސިލާއަކަށް!

ނަވަރާ ސަތޭކަ ނުވަ ދިހައިގެ އަހަރުތަކުގެ ތެރޭގައި ބޮލީވުޑުން ފާހަގަކޮށް ލެވުނު ތަރިންގެ ތެރޭގައި ހިމެނޭ ޝިލްޕާ ޝިރޯދްކަރު ގިނަ ދުވަސްތަކަކަށް ފަހު އާންމުންގެ މުނިފޫހި ފިލުވައި ދޭން ނިކުންނަން ތައްޔާރުވެއްޖެ އެވެ.

އެކަމަކު ބޮޑު ސްކްރީންގެ ބަދަލުގައި ކުޑަ ސްކްރީނަށެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މޯނާ ސިންގް ހިމަނައިގެން "ޖެސީ ޖެއިސީ ކޮއީ ނެހީ" ފަދަ ކާމިޔާބް ސިލްސިލާތައް ބެލުންތެރިންގެ ސިޓިންރޫމްތަކާ ހަމައަށް ގެނެސް ދީފައިވާ ޓޯނީ އެންޑް ދީޔާސް ޕްރޮޑަކްޝަންގެ އާ ސިލްސިލާ އަށް އުމުރުން 43 އަހަރުގެ ޝިލްޕާ ވަނީ ސޮއިކޮށްފަ އެވެ.

އެހެން ނަމަވެސް އެ ސިލްސިލާ އާ ބެހޭ އެއްވެސް މައުލޫމާތެެއް މިހާތަަނަށް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

އެކަމަކު ޝިލްޕާ ކުޅޭ ސިލްސިލާއަކީ އަންހެނެއްގެ ހަޔާތުގެ މައްޗަށް ގެނެސްދޭ ސިލްސިލާއެކެވެ. އެގޮތުން ސިލްސިލާ ބިނާކޮށްފައި ވަނީ ޝިލްޕާގެ ކެރެކްޓާ އަށް ކަމަށްވެ އެވެ.

"ހަމް"، "ކިޝަން ކަނައްޔާ" އަދި "ހުދާ ގަވާ"، "ބޭވަފާ ސޭވަފާ" ފަދަ ފިލްމްތަކުން ފެނިފައިވާ ޝިލްޕާ ފިލްމް ކުޅުން ހުއްޓާލީ 2000 ވަނަ އަހަރު ކައިވެނި ކުރުމަށް ފަހު އެވެ. ކައިވެންޏަށް އަންހެން ކުއްޖަކު ވެސް ވަނީ ލިބިފަ އެވެ.

ކައިވެންޏަށް ފަހު ގިނަ ދުވަސްތަކެއް ވަންދެން ގައުމުން ބޭރުގައި އާއިލާ އާ އެކު އުޅުމަށް ފަހު، ފަހުން ޝިލްޕާ ވަނީ މުމްބާއީ އަަށް އަލުން ދިރިއުޅުން ބަދަލުކޮށްފަ އެވެ.

އަދި އޭނާގެ ކޮއްކޮ ބަތަލާ ނަމްރަތާ ޝިރޯދްކަރު އާ އެކު ކުޑަ ކުދިންގެ ޑާންސް ޝޯތަކެއް ޝިލްޕާ ވަނީ ޕްރޮޑިއުސްކޮށްފަ އެވެ.