Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ފެން ހިއްކުމުގެ މަސައްކަތް މިދަނީ ކުރަމުން: ކައުންސިލް

ފެން ބޮޑުވެފައިވާ ގެއެއްގައި ފެން ހިއްކަނީ: ފޮޓޯ - އައްޑޫ ސިޓީ ކައުންސިލް

ރެއާއި މިއަދު އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރާގައި ހުރިހާ އަވަށެއްގައި ވެސް ފެންބޮޑުވުމުގެ ސަބަބުން ސިޓީ ކައުންސިލާއި އެމްއެންޑީއެފް، ފުލުހުން އަދި ފެނަކައާއި ރެޑް ކްރެސެންޓު ގުޅިގެން ކުރާ މަސައްކަތް ނުހުއްޓާ ކުރިއަށް ދާ ކަމަށް ކައުންސިލުން ބުނެފިއެވެ.

މޭޔަރ އަބްދުﷲ ސޯދިގާ ހަވާލާދީ ބައެއް މީޑިޔާތަކުން ރިޕޯޓުކުރާ ގޮތުގައި ފެން ވަދެ ބޮޑެތި ގެއްލުން ވެގެން މިހާތަނަށް ފަންސާސް ގެއަކުން ވަނީ ކައުންސިލަށް ރިޕޯޓުކޮށްފައެވެ. މިއަދު ހެނދުނުން ފެށިގެން ފެން ބޮޑުވެފައިާ ސަރަހައްދުތަކުން ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ދެކުނަށް މިހާރު ކުރަމުންދާ ވިއްސާރާގައި މިއަދުވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ. ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.