Last Updated: July 28, 10:12
Tuesday, July 28, 2026
ޚަބަރު

މީރާގެ އިސް ދެ މަގާމަށް އައްޔަންކުރާ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުވައިފި

މީރާގެ ޚިދްމަތް ދިނުން- ފޮޓޯ: މީރާ

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނާއި އޭނާގެ ނައިބުގެ މަގާމަށް އައްޔަންކުރަންވަން ދެ ބޭފުޅެއްހެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފޮނުވައިފިއެވެ.

ރައީސް އޮފީހުން ބުނީ އެ ދެ މަގާމަށް އައްޔަން ކުރަންވާ ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުއްވީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ހަ ފަރާތުން އެ މަގާމަށް ކުރިމަތިލިއެވެ.

މީރާގެ އިސް މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފައި މިވަނީ މީރާގެ ގާނޫނަށް ގެނައި އިސްލާހަކުން ކުރިން އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މަގާމު ގެއްލިގެން ދިއުމުންނެވެ.

މަޖިލީހުން ފާސްކުރި އެ އިސްލާހު ގާނޫނަކަށްވެ އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އަލުން މީހަކު އައްޔަން ކުރަން ޖެހޭނެ ކަމަށެވެ.