Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

ފްލެޓު ލިބުނު ފަރާތްތަކަށް ފެނާއި ކަރަންޓު އަދި ނަރުދަމާ ހިލޭ ގުޅާދެނީ

އައްޑޫ ސިޓީގެ ހިތަދޫ އަދި ހުޅުމީދޫ އަވަށުގައި ސަރުކާރުން އަޅާފައިވާ ފްލެޓުތައް ލިބުނު ފަރާތްތަކުން ކަރަންޓާއި ފެން އަދި ނަރުދަމާ ގުޅުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށް ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

ކައުންސިލްގެ ސޯޝަލް މީޑިޔާގައި މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ފްލެޓުތައް ލިބުނު ފަރާތްތަކުން ފެން، ކަރަންޓު އަދި ނަރުދަމާ ގުޅުމަށް ދައުލަތަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭ ގޮތަށް އިންތިޒާމް ކުރެވިފައިވާ ކަމަށެވެ.

ފްލެޓު ލިބުނު ފަރާތްތައް އިއުލާންކޮށް ކައުންސިލުން މިހާރު ކުރަމުން ގެންދަނީ ފްލެޓު ލިބުނު ފަރާތްތަކާއި ސަރުކާރާ ދެމެދު ވެވޭ އެއްބަސްވުމުގެ ކަންތައްތަކެވެ. އެގޮތުން މިހަފްތާގައި ފްލެޓުގެ އަހުލުވެރިން އަންނަނީ ކައުންސިލަށް ހާޒިރުވެ ފްލެޓާއި ހަވާލުވުމަށް އެއްބަސްވުމުގައި ސޮއިކުރަމުންނެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެޅި ފްލެޓަށް ޑައުންޕޭމެންޓުގެ ގޮތުގައި 19،000ރ. ދައްކަން ޖެހެއެވެ. ޚަބަރު ލިބޭ ގޮތުގައި ދެމަހަށް ޑައުން ޕޭމެންޓު ބަހާލައިގެން ދައްކަން ޖެހޭއިރު މަހު ކުލީގެ ގޮތުގައި ފްލެޓަކަށް 3،800ރ. ދައްކަން ޖެހެއެވެ.