Last Updated: June 8, 18:49
Monday, June 8, 2026
ޚަބަރު

މިނިމަން ވޭޖް ކަނޑައެޅުމަށް ގަރާރެއް މަޖްލިސްއަށް ހުށަހަޅައިފި

ރާއްޖޭގައި މިނިވަން ވޭޖް ގާނޫނެއް ހެދުމާއި ގުޅޭ ގޮތުން ގަރާރެއް މަޖްލިސްއަށް ހުށަހަޅައިފިއެވެ.

ދުވާފަރު ދާއިރާގެ މެންބަރު އިސްމޢީލް އަޙްމަދު މަޖްލިސްއަށް ހުށަހެޅުއްވި ގަރާރުގެ އިބްތިދާއީ ބަހުސް ފަށާފައިވާ އިރު ގިނަ މެމްބަރުން ވަނީ މި ގަރާރަށް ތާއިދުކުރައްވާފައެވެ.

މިނިވަން ވޭޖް ނުވަތަ އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައިގެ ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަޠީފު ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް މިނިމަން ވޭޖް ކަނޑައެޅުމަށް ވަކާލާތު ކުރަމުން އައި ޕާޓީއެއް ކަމަށާއި، މިއީ ވަރަށް މުހިއްމު ގަރާރެއް ކަމަށެވެ.

ހަސަން ލަޠީފު ވިދާޅުވީ މި ގަރާރު ބިލަކަށް ވެގެން މަޖްލިސްއަށް ގެނައުމަށް އަވަސް ކުރަން ޖެހޭ ކަމަށެވެ.