Last Updated: April 26, 23:59
Friday, April 26, 2024
ކުޅިވަރު

އިނގިރޭސިން މޮޅުވިއިރު ރޭސިޒަމްގެ މައްސަލަތަކެއް

getty

ޔޫރޯ ކޮލިފައިންގައި ރޭ އިނގިރޭސިންނާއި ބަލްގޭރިއާ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 0-6 އިން އިނގިރޭސިން މޮޅުވި ނަމަވެސް ބަލްގޭރިއާ ސަޕޯޓަރުންގެ ފަރާތުން ނަސްލީ ތަފާތުކުރުންތަކަށް ހިތްވަރުދޭ އަމަލުތައް ތަކުރާރުކޮށް ފެނުމުގެ ސަބަބުން މެޗު ހޫނުވެއްޖެއެވެ.

މެޗުގެ 7 ވަނަ މިނެޓުގައި ރަޝްފޯޑް އިނގިރޭސިންނަށް ލީޑު ނަގާ ދިންއިރު ރޭ އަލަށް ގައުމީ ޓީމަށް ކުޅުނު ޓައިރޯން މިންގްސް އަދި މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ރަހީމް ސްޓާލިންގ އަށް އަމާޒުކޮށް ހުތުރު ބަސްތައް ސަޕޯޓަރުން ބޭނުންކުރުމުން ރެފްރީ ވަނީ 28 ވަނަ މިނެޓުގައި މެޗު މެދު ކަނޑާލާފައެވެ. ޔުއެފާގެ އޮފިޝަލާއި މަޝްވަރާ ކުރުމަށް ފަހު ރެފްރީ ވަނީ ދެވަނަ ފަހަރަށް މެޗު މެދު ކަނޑާލައި، އަމަލު ތަކުރާރުވާނަމަ މެޗު ހުއްޓާލާނެ ކަމުގެ އިންޒާރު ދީފައެވެ.

އިނގިރޭސި ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ރޭ ރޮސް ބާކްލީ ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާގެ އިތުރުން ކޭންވެސް ފަހު ވަގުތު ލަނޑެއް ޖަހާފައިވާއިރު ސްޓާލިންގ ގެ ދެލަނޑުވެސް ފެނިގެން ގޮސްފައިވެއެވެ.

މިމޮޅާއެކު އިންގްލެންޑް ތާވަލުގެ އެއްވަނައިގައި 15 ޕޮއިންޓާއެކު އޮތް އިރު ކޮލިފައިވުމާ ގާތަށް ވަނީ އާދެވިފައެވެ.