Last Updated: June 8, 18:49
Monday, June 8, 2026
ޚަބަރު

ހުއްދަނެތި މޮބައިލް ފިހާރައަކަށް ވަނުމުން 27 ދުވަހުގެ ޖަލު ހުކުމެއް!

ހުއްދަނެތި މޮބައިލް ފިހާރައަކަށް ވަން މީހަކަށް 27 ދުވަހުގެ ޖަލު ހުކުމެެއް ކްރިމިނަލް ކޯޓުން ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން 27 ދުވަހުގެ ޖަލު ހުކުމެއް ކޮށްފައިވަނީ މއ. ދަނބުގަސްދޮށުގެ، އަހުމަދު ޖަލީލުގެ މައްޗަށެވެ.

ޖަލީލުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ 2019 އެޕްރީލް 17 ވަނަ ދުވަހު މަޖީދީ މަގުގައި ހުންނަ "ސަންލައިޓު މޮބައިލް" ފިހާރައަށް އެތަނުގެ ވެރިފަރާތުގެ ހުއްދަ ނެތި ވަދެފައިވާކަމަށް ޖަލީލު އިއްތިރާފުވުމާއި ގުޅިގެންނެވެ.

ކޯޓު ހުކުމުގައި ބުނެފައިވަނީ ގާނޫނު ނަންބަރު 9/2014 (ދިވެހި ރާއްޖޭގެ ގާނޫނުއުގޫބާތުގެ) 230 ވަނަ މާއްދާގެ (ހ)ގެ ދަށުން މުދަލަށް ގެއްލުން ދިނުމުގެ ކުށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި 27 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރީ ކަމަށެވެ.

މީގެ އިތުރުން ޖަލީލުގެ މައްޗަށް ވަނީ ގަލަކުން ޖަހައި "ސަންލައިޓު މޮބައިލް" ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި ވަދެ ތަނަށް ގެއްލުން ދިނުމުގެ ކުށުގައި މި 1 މަހާއި 24 ދުވަހުގެ ޖަލު ހުކުމަކާއި ކުރިމަތިލާން ޖެހިފައެވެ.