ރަޙުމަތްތެރިކަމުގެ ދަތުރެއްގައި ޖަޕާން މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ދެ މަނަވަރެއް މިއަދު ހެނދުނު ރާއްޖެ އަތުވެއްޖެއެވެ.
މިމަހު 15 ން 18 އަށް ރާއްޖެ ޒިޔާރަތްކުރަމުންދާ ޖަޕާން އަސްކަރިއްޔާގެ ދެ މަނަވަރަކީ "ޖޭއެމްއެސްޑީއެފް ޓަކަޝިމާ" އާއި "ޖޭއެމްއެސްޑީއެފް ބުންގޯ"
އެވެ.
އެމްއެންޑީއެފްއިން ބުނީ ޖަޕާން އަސްކަރިއްޔާގެ ދެ މަނަވަރު ރާއްޖެއަށް މި ކުރާ ޒިޔާރަތުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ކަނޑުމަތީގެ ތަމްރީން ތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އަސްކަރީ މަނަވަރުތަކުގައި ހަރަކާތްތެރިވާނެ ގޮތްތަކުގެ ޑްރިލް ތަކާއި ފަޔަރ ފައިޓިންގގެ އިތުރުން ޑެމޭޖް ކޮންޓްރޯލް އާއި ނޭވަލް ޑްރިލްސް ހިމެނެއެވެ.
މިއަދު ރާއްޖެ ޒިޔާރަތްކުރި ޖަޕާން މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ދެ މަނަވަރުގެ ތެރެއިން "ޖޭއެމްއެސްޑީއެފް ޓަކަޝިމާ" އަކީ ނޭވީ ޑިސްޓްރޯޔަރ ކްލާސްގެ މަނަވަރެކެވެ. އަދި "ޖޭއެމްއެސްޑީއެފް ބުންގޯ" އަކީ މައިން ކްލިއަރިންގ އަށް ބޭނުންކުރާ މަނަވަރެކެވެ.