Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

އިހާނެތި ގޮތަކަށް ބަނދެފައި އޮތް ވެލައެއް ސަލާމަތް ކުރަނީ

ރ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ރ. އުނގުލުގައި ބަނދެފައި އޮއްވާ ފެނުނު ވެލައެއް ސަލާމަތްކުރުމުގެ މަސައްކަތް އެންވަޔަރަމެންޓް މިނިސްޓްރީ އިން ފަށައިފިއެވެ.

އެމިނިސްޓްރީ އިން ބުނީ ފަޅުރަށެއްގައި ވަރަށް އިހާނެތިކޮށް ބަނދެފައިވާ ވެލަޔެއް ސަލާމަތްކޮށް ދޫކޮށްލުމުގެ މަސައްކަތް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި އެންވަޔަރަމެންޓް މިނިސްޓްރީ ގުޅިގެން ކުރަމުންދާ ކަމަށެވެ.

މި ޓީމުގައި އެ މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު މުޖުތަބާވެސް ހަރަކާތްތެރިވެލައްވަމުންދާ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ. ވެލާ ބަނދެފައި އޮއްވާ ފެނުނީ އުނގުލުގެ ސާވޭއަކަށް ދިޔަ އެންވަޔަރަމަންޓު މިނިސްޓްރީގެ ޓީމަކަށެވެ.

ވެލަޔަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ އެއްޗެކެވެ. ވެލާ ކަހަނބަށް އެއްވެސް ގޯނާއެއް ކުރުމާއި އަދި އެ ތަކެތި އާންމުކޮށް އުޅޭ މާޙައުލަށް ގެއްލުން ލިބޭ ފަދަ ކަންކަން ކުރުމަކީ އެ ގާނޫނުގެ ދަށުން މަނާ ކަމެކެވެ.