Last Updated: April 25, 11:25
Thursday, April 25, 2024
ޚަބަރު

ދެކުނު ދާއިރާގައި ހުރީ އެންމެ ދިވެހި މޭސަނެއް: ނާޒިލް

ދެކުނު ދާއިރާގައި މިވަގުތު ހުރީ އެންމެ ދިވެހި މޭސަނެއް ކަމަށާއި އޭނާވެސް މަސައްކަތް ކުރަމުންދަނީ ޝަންގްރިއްލާ ރިސޯޓުގައި ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

މިނިމަމް ވޭޖު ކަނޑައެޅުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ގަރާރެއް ހުށައެޅުމުން، އެ ގަރާރުގެ ބަހުސުގައި ބައިވެރިވެ ނާޒިލް ދެއްކެވި ވާހަކާގައި ވިދާޅުވީ މަސައްކަތްތެރިންގެ ގޮތުގައި ތިބޭ ދިވެހިންގެ އަދަދު ވަރަށް ވެސް މަދު ކަމަށެވެ.

މަޖިލިސް އިންތިޚާބު ކެމްޕޭނަށް އައްޑުއަށް ވަޑައިގެން ދާއިރާގެ ހެދުނު ސާވޭއެއްގައި ދައްކާ ގޮތުން މުޅި އެދާއިރާގައި ވެސް ސިމެންތި ޖަހައި ރާނާ، ސިމެންތީގެ މަސައްކަތް ކުރާ މީހަކަށް ހުރީ އެންމެ މީހެއް ކަމަށާއި ދެން މުޅީންވެސް އެ މަސައްކަތުގައި ތިބީ ބިދޭސީން ކަމަށް ނާޒިލް ވިދާޅުވިއެވެ.

މިނިމަމް ވޭޖް ކަނޑައެޅުމުގައި މިފަދަ ކަންތައްތަކަށް ބެލުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށާއި މިހާރު ފެންނަނީ ހުރިހާ ވަޒީފާއެއްގައި، ހުރިހާ މަގާމެއްގައި (ދިވެހިންނަށް ވުރެ ގިނައިން) ބޭރުން މީހުން ތިބޭ ތަން ކަމަށް ނާޒިލް ވިދާޅުވިއެވެ. އަދި މިނިމަމް ވޭޖު ކަނޑައަޅައިގެން މަންފާއެއް ލިބޭނީ މިކަން ރަނގަޅު ކުރެވިގެން ކަމަށް އޭނާ ވިދާޅުވިއެވެ.