ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމުން އެ ކޮމިޝަނުގެ ނައިބު ރައީސް ޝަހީދު މުހައްމަދު ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ ޝަހީދު ސީއެސްސީގެ މެންބަރުކަމުން ވަކިކުރުމުގެ މައްސަލައެއް މިނިވަން މުއައްސަސާތަކޭ ބެހޭ ކޮމިޓީއިން ކުރިއަށް ގެންދަން ބޭނުންވާކަން ފާހަގަކުރައްވާ އެކަން މަޖިލީހުގެ ރިޔާސަތުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެ މައްސަލަ ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވާފައިވާ ރިޔާސަތުން އިއުލާން ކުރެއްވިއެވެ.
ޝަހީދު ވަކިކުރުމަށް މީގެ ކުރިންވެސް ވަނީ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމެއްގައި ހުށަހަޅައިފައެވެ. އެ މައްސަލަ ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އެވެ. އަހުމަދު އަބްދުﷲ އޭރު އެ މައްސަލަ ހުށަހަޅާފައި ވަނީ މުވައްޒަފުންގެ ހައްގަށް ޝަހީދު އަރައިގެންފައިވާ ކަމަށް ބުނެއެވެ. އަދި އޭރު ސީއެސްސީގެ މެންބަރުންތައް ވެސް ކޮމެޓީއަށް ހާޒިރުކޮށް ސުވާލު ވަނީ ކޮށްފައެވެ.
ޝަހީދުު ސީއެސްސީ އަށް އައްޔަނުކޮށްފައިވަނީ 2015 ވަނަ އަހަރު އެވެ.