Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ރާއްޖޭގައި އިސްލާމް ދީން ފޮހެނުލެވޭނެ: އުގެއިލް

ދިވެހި ރާއްޖެއިން އިސްލާމް ދީން ފޮހެ ނުލެވޭނެ ކަމަށް ޕްރޮފެސަރ ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް(އެމްޑީއެން) އިން އާންމުކުރި ރިޕޯޓެއްގައި ދީނުގެ ބައެއް ކަންކަމާމެދު ސުވާލު އުފައްދައި ރަސޫލާ އަށް އިހާނެތި ބަސްތަކެއް ހިމެނި މައްސަލައާ ގުޅިގެން އުގެއިލް ބުނެފައިވަނީ ރާއްޖެއިން އިސްލާމް ދީނުގެ ހުޅުކޮޅު ދުވަހަކުވެސް ނިއްވާނުލެވޭނެ ކަމަށެވެ.

އަދި އިސްލާމް ދީނަށާއި މާތް ރަސޫލާއަށް ފުރައްސާރަކުރާ މީހުންނަށް ލައުނަތް ލެއްވުން އެދި ދުއާ ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން އެ ޖަމާއަތް އުވާލުމަށް އިލްމުވެރިންނާއި ގިނަ ބަޔަކު ގޮވާލަމުން އަންނައިރު ސަރުކާރުން ވަނީ އެމްޑީއެން ސަސްޕެންޑު ކޮށްފައެވެ.