Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

12 މިލިއަނަށް ގާސިމް މާލެއިން ގެއެއް ގަނެފި

ގާސިމް އިބްރާހީމް -- ފޮޓޯ / ވީނިއުސް

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މާލެއިން ގެެއެއް ބައްލަވައި ގަނެފިއެވެ.

ގާސިމް ބައްލަވައިގަތް ގެއަކީ މ. ވާދީބިލްޑިންގް އެވެ. ގާސިމް ބައްލަވާގެން ގެއަކީ 413.33 އަކަފޫޓޫގެ ގެއެކެވެ. މި ގޭގެ ވެރިޔަކީ މީގެކުރިން މުހައްމަދު އަހުމަދު ދީދީ ނަމަކަށް ކިޔާ މީހެކެވެ.

މި މުއާމަލާތާއި ގުޅޭ ގޮތުން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނީ މ. ވާދީބިލްޑިންގ ބިމާއި އެތަނުގައި ހުރި އިމާރާތް އަދި ނުއުފުލޭ މުދާ 12 މިލިއަން ރުފިޔާއަށް ގާސިމް ބައްލަވާ ގަނެފައިވާ ކަމަށެވެ. އަދި އެ ފައިސާ އެއްކޮށް ދައްކާ ހަލާސްކޮށްފައިވާތީ އެއީ ސައްހަ މުއާމަލާތެއް ކަމަށް ކަނޑައަޅާ ސިވިލް ކޯޓުން ވަނީ އެ ގޭގެ މިލްކުވެރި ފަރާތަކީ ގާސިމް ކަމަށް ކަނޑައަޅާ ހުކުމް ކޮށްފައެވެ.

މިއީ ގާސިމް އިބްރާހީމް މާލެއިން ބިމެއް ބައްލަވައިގަތް ފުރަހަމަ ފަހަރު ނޫނެވެ.