Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ޝަރަފުއްދީންގެ އެންމެ މޮޅު ދަރިވަރަކަށް ފާތުމަތު

ސ. ހިތަދޫ ޝަރަފުއްދީން ސްކޫލްގެ ހުރިހާ ގޮތަކުން މިދިޔަަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ފާތުމަތު އަބްދުﷲ ރަޝީދު ހޮވިއްޖެ އެވެ.

އައްޑޫގައި ހައި ސްކޫލްގެ ގްރޭޑް 11 ގައި މިހާރު ކިޔަވ ފާތުމަތު އެ މަގާމަށް ހޮވުމާ ގުޅިގެން އޭނާ އަށް އިނާމް ހަވާލުކޮށް ދެެއްވީ ރޭ ބޭއްވި "ޝަރަފުއްދީން ސްކޫލް ޕްރައިޒް ޑޭ 2012" ގެ ހަފުލާގައި ރައީސް ޑރ. މުހައްމަދު ވަހީދު އެވެ.

ރޭ ގެ ރަސްމިއްޔާތުގައި އެ ސްކޫލުން އެކިއެކި ހަރަކާތްތަކުން ވަނަވަނަ އަށް ދިޔަ 300 އަށް ވުރެ ގިނަ ދަރިވަރުންނަށް އިނާމް ދީފައިވެ އެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު އޯލެވެލް އިން ގައުމީ ފެންވަރުގަ އާއި ދުނިޔޭގެ ފެންވަރުގައި ވަނަަތައް ހާސިލް ކުރި ދަރިވަރުން ހިމެނެ އެވެ.

މީގެ އިތުރުން އެކިއެކި އިމްތިހާންތަކުންނާއި ހަރަކާތްތަކުން ވަނަތަކަށް ދިޔަ ދަރިވަރުންނަށް އިނާމް ދީފައިވެ އެވެ.

އިނާމްތައް ބައްސަވައި ދެެއްވީ ރައީސްގެ އިތުރުން ފަސްޓް ލޭޑީ އިލްހާމް ހުސައިން އާއި ރައިސްގެ އެޑްވައިޒަރު އަހުމަދު ތައުފީގާއި އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އިމާދު ސޯލިހާއި ހެލްތުގެ ސްްޓޭޓް މިނިސްޓަރު ތޯރިގް އަލީ ލުތުފީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.