Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ފޭދޫ ސްކޫލަށް 40 އަހަރު

ސ. ފޭދޫ ސްކޫލަށް 40 އަހަރު ފުރުމާ ގުޅިގެން ބޭއްވި ކޭކް ފެޅުމުގެ ހަފުލާގައި ރައީސް ޑރ. މުހައްމަދު ވހީދު ހަސަން މަނިކު ބައިވެރިވެ ވަޑައިގެންފި އެވެ.

ރައީސް އެ ސްކޫލަށް ވަޑައިގެން ސްކޫލްގެ ވެރިންނާއި ދަރިވަރުންނާ ބައްދަލު ކުރައްވައި ވަގުތުކޮޅެއް ހޭދަ ކުރެއްވި އެވެ.

މީގެ ކުރިން މަދުރަސަތުލް މަޒާހިރިއްޔާ އަދި މަދުސަރަތުލް ސަނިއްޔާ އަދި މަދުރަސަތުލް އިސްލާމިއްޔާގެ ނަމުގައި ވެސް ހިންގާފައިވާ ފޭދޫ ސްކޫލަކީ ގްރޭޑް 1-10 އަށް ކިޔަަވައި ދެމުން އަންނަ ސްކޫލެކެވެ.

އެ ތަނުގައި މިހާރު 500 އަށް ވުރެ ގިނަ ކުދިން ކިޔަވަ އެވެ.