Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

މަރުވެފައި ވަނީ ދިވެހި ފިރިހެނެއް، އާއިލާއާ ގުޅިއްޖެ: ފުލުހުން

އާޓްފިޝަލް ބީޗު ސަރަހައްދު -- ފޮޓޯ / އަވަސް

މިއަދު ހެނދުނު އާޓްފިޝަލް ބީޗު ސަރަހައްދުގައި މަރުވެފައި އޮއްވާ ފެނުނު މީހާއަކީ ދިވެއްސެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެމީހާއަކީ 67 އަހަރުގެ މީހެއް ކަމަށެވެ. އަދި އެމީހާއަކީ ކާކުކަން ދެނެގަތުމަށްޓަކައި ކުރި މަސައްކަތުން އެމީހާގެ އާއިލާއާ މިހާރު ގުޅިފައިވާ ކަމަށާއި އެމީހާގެ އާއިލާއިން ހަށިގަނޑާއި މިހާރު ހަވާލުވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން މީގެކުރިން ބުނީ އާޓިފިޝަލް ބީޗުގައި ހުރި ގޮނޑިއެއްގައި ދޮށީ އުމުރުގެ ފިރިހެނަކު ހާލުދެރަވެފައި އިން ކަމުގެ މައުލޫމާތު މިއަދު ހެނދުނު 6:26 ހާއިރު ފުލުހުންނަށް ލިބުމާއެކު އެމީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް އޭޑީކޭ އިން ބުނެއެވެ.