ޒަކާތު ފަންޑުން އެންމެ ގިނައިން ސިއްހީ އެހީ ދީފައިވަނީ ކެންސަރުގެ ބަލިތަކަށް ކަން ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތު ފަންޑުން މިހާތަނަށް ހާހަކަށްވުރެ ގިނަ މީހުންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު އެންމެ ގިނައިން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ކެންސަރުގެ ބަލިތަކަށް ކަމަށެވެ. އެގޮތުން ކެންސަރުގެ ބަލިތަކަށް 102 މީހަކަށް އެހީތެރިކަން ދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.
ދެން އެންމެ ގިނައިން އެހީ ދީފައިވަނީ ކިޑްނީ ބަލިތަކަށް ފަރުވާ ހޯދުމަށް ކަމަށާއި އެގޮތުން 73 ފަރާތަކަށް އެ ބައްޔަށް ފަރުވާ ކުރުމަށް އެހީދީފައިވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ. ތިންވަނައަށް އެންމެ ގިނައިން އެހީ ދީފައިވަނީ ލޮލުގެ ބަލިތަކަށެވެ. ލޮލުގެ ބަލިތަކަށް ފަރުވާ ހޯދަން 62 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އެހީތެރިކަން ދީފައިވާ އެހެނިހެން ބަލިތަކާއި އެހީތެރިކަން ދިން މީހުންގެ އަދަދު:
* ހިތުގެ ބަލީގެ 28 މީހަކު
* ހަމުގެ ބަލީގެ 18 މީހަކު
* ނާރުގެ ބަލީގެ 25 މީހުން
* ނުކުޅެދޭ ބަލީގެ 25 މީހުން
* ކުޑަ ކަމުދާ ނިޒާމުގެ މައްސަލަ ހުރި 12 މީހަކު
* ހާނިޔާ – 4
* ނަފްސާނީ ބަލި – 4
* ކަށީގެ މައްސަލަ – 12
* ކުޑަކަމުދިޔުމުގެ ނިޒާމު – 12
* އާތްރައިޓްސް ބަލި – 21
* އައްސިވުން – 1
* އެޕިލެޕްސީ – 19
* ވާގިނެތޭ ބަލި – 5
* މައިބަދައިގެ މައްސަލަ – 18
* ފުއްޕާމޭގެ މައްސަލަ – 3
* ފިޓްޖެހުން – 10
* ގޮހޮރުގެ ބަލި – 10
* ގޯލް ބްލެޑާ ހިލަ އުފެދުން – 10
* ސިކުނޑީގެ ޓެސްޓް ހެދުން – 18
* ސްޓްރޯކް – 18
* ސައިނަސް – 6
* ޓްރާންސްޕްލާންޓް ކުރުމަށް – 7
* ޓިއުމަރު – 18
އެ މިނިސްޓްރީން ބުނީ ޒަކާތު ފަންޑުން ބޭސްފަރުވާ ކުރުމަށްޓަކައި 10.7 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާނެ ކަމަށެވެ.