Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ކެމްޕަހުގެ ތިން ބުރީގެ އިމާރާތުގެ ބިންގާ އަޅައިފި

ސ. ހިތަދޫގައި ގައުމީ ޔުނިވަސިޓީން ހިންގާ ކެމްޕަހުގައި އަލަށް އިމާރާތް ކުރާ ހަ ކުލާސް ރޫމް ހިމެނޭ ތިން ބުރީގެ ކުލާސް ރޫމް ބްލޮކްގެ ބިންގާ އަޅަައިފި އެވެ.

ބިންގާ އެޅީ އެކަމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ކެމްޕަހުގެ އެކި ފެކަލްޓީތަކުގެ ދަރިވަރުންނެވެ. މި ރަސްމިއްޔާތުގައި ހިތަދޫ ކެމްޕަހުގެ އިސް ވެރިންނާއި ޔުނިވަސިޓީގެ އިސް ވެރިން ވެސް ބައިވެރިވެވަަޑައިގެންނެވި އެވެ.

ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ހުސައިން ހަމީދު ވިދާޅުވީ އަލަށް އިމާރާތް ކުރެވޭ ތިން ބުރީގެ އިމާރާތަކީ އައްޑޫގައި އިމާރާތް ކުރެވޭ ފުރަތަމަ "ފެހި އިމާރާތް" ކަމަށެވެ. އެގޮތުން އެ އިމާރާތަކީ ހޫނުން ސަލާމަތްކޮށްދޭ ގޮތަށް، އެތެރޭގެ ފިނިކަން އަބަދުވެސް ތާޒާކޮށް ހުންނަ ގޮތަށް އިމާރާތް ކުރާ ތަނެއް ކަމަށެވެ.

މި ޕްރޮޖެކްޓްގެ ކޮންޓްރެކްޓަަރަކީ ހިތަދޫ ބީއޭޕީސީ އެވެ. ކޮންސަލްޓެންޓަކީ ޕްލޯ ޕްލޭން އެވެ.

ޔުނިވަސިޓީން ބުނީ މަސައްކަތް ފަށާތާ 300 ދުވަހުގެ ތެރޭގައި ނިންމާ އިމާރާތަށް 9.7 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށެވެ.