Last Updated: July 21, 18:02
Wednesday, July 22, 2026
ޚަބަރު

އެސްޓީއޯ އަށް ފިޔާ ގެންނަ ބޯޓެއް އަޑީއަށް ހިނގައްޖެ

އެސްޓީއޯ އަށް މުދާ ގެންނަ ބޯޓެއް ރާއްޖެއާ 100 މޭލު ބޭރުން އަޑިއަށް ހިނގައްޖެއެވެ.

މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިޔާގައި ދެކެވޭ ވާހަކަތަކާ ގުޅިގެން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެން އަމްރު ވިދާޅުވީ އަޑިއަށް ގޮސްފައިވަނީ އެސްޓީއޯގެ ބޯޓެއް ނޫން ކަމަށާއި އެއީ އެސްޓީއޯއަށް ފިޔާ ގެންނަ ބޯޓެއް ކަމަށެވެ.

ބޯޓަކީ އިންޑިޔާއިން ރާއްޖެއަށް އެތެރެކުރާ ފިޔާ ޝިޕްމެންޓެއް ބަރުކޮށްގެން އައި ބޯޓެއް ކަމަށް މައުލޫމާތު ލިބެއެވެ. މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލެއް އެސްޓީއޯއިން އަދި ހާމަކޮށްފައިނުވެއެވެ.