ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް ދާދިފަހުން އެ ޕާޓީއާ ގުޅިވަޑައިގެންނެވި ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފް ހަމަޖައްސަވައިފިއެވެ.
ޖޭޕީގެ އެސްޖީއަކަށް އަލީ އާރިފް ހަމަޖައްސަވާ އެކަމުގެ ލިޔުން އޭނާއާ ހަވާލު ކޮށްދެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ. ކުރިން އެ މަގާމުގައި ހުންނެވީ ހުސައިން ރަޝީދެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ޑަބްލިއު އެޗްއޯގެ ރީޖަނަލް އެޑްވައިޒަރުގެ މަގާމު ލިބިވަޑައިގަތުމުންނެވެ. އޭނާ ވަނީ ޖޭޕީގެ އެސްޖީގެ މަގާމުގައި 9 މަސް ދުވަސް ހޭދަ ކޮށްފައެވެ.
އަލީ އާރިފް ޖޭޕީގެ އައު އެސްޖީއަކަށް ހަމަޖެއްސެވިއިރު އެޕާޓީއާ ވަނީ ޕީޕީއެމްގެ އިސް ސަފުގައި ހަރަކާތްތެރިވި ގިނަ އަދަދެއްގެ މެންބަރުން ގުޅިވަޑައިގެންފައެވެ. އަދި ޖޭޕީއަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތުގައި ވެސް އަދި އެޕާޓީ ވަރުގަދަ ކުރުމަށް ކުރާ މަސައްކަތުގެ އިސް ސަފުގައި ވެސް އެ މެންބަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.