Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އެމްބިއުލާންސް ގެންނަން ހުޅުވާލި ބީލަށް އަލުން އިވެލުއޭޓު ކުރަން އަންގައިފި

ރާއްޖޭގެ ރަށްތަކަށް ފޮނުވުމަށް ގެނެސްފައިވާ އެމްބިއުލާންސްތަކެއް --

ރާއްޖެއަށް 15 އެމްބިއުލާންސް ގެންނަން ހުޅުވާލި ބީލަަން އަލުން އިވެލުއޭޓް ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފިނޭންސް މިނިސްޓްރީއަށް އަންގައިފިއެވެ. 

އެ މިނިސްޓްރީއަށް އޭސީސީން މިގޮތަށް އެންގީ އެމްބިއުލާންސް ގެންނަން ހުޅުވާލި ބީލަމުގައި ހެޔޮ އަގު ހުށަހަޅާފައިވާ ކުންފުނިތަކުގެ ބަދަލުގައި އަގު ބޮޑުކޮށް ހުށަހެޅި އިންޑިއާގެ ކުންފުންޏަކަށް އެ މަސައްކަތް ދިނުމާއި ގުޅޭ ގޮތުން އޭސީސީއަށް ހުށަހެޅިފައިވާ މައްސަލަ ތަހުގީގު ކުރަމުންދާތީއެވެ. އޭސީސީން އެގޮތަށް އަމަލު ކުރުމަށް ފިނޭންސް މިނިސްޓްރީއަށް އަންގާފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެހެންކަމުން އެ މިނިސްޓްރީން މިހާރު އަންނަނީ އެ މަސައްކަތް ކުރަމުންނެވެ.

އެމްބިއުލާންސް މައްސަލަ އޭސީސީއަށް ހުށަހެޅީ އެ ބީލަމުގައި ބައިވެރިވެ އަދި އެމްބިއުލާން ގަތުމަށް ފިނޭންސުން ހަވާލުކުރި އިންޑިއާ ކުންފުންޏަށްވުރެ އަގު ހެޔޮކޮށް ބީލަށް ހުށަހެޅި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން އިންނެވެ. ފިނޭންސުން އެމްބިއުލާންސް ގަތުމަށް ހަވާލުކުރި ކުންފުންޏާއި އެ މަސައްކަތް ހަވާލުކުރީ އެ ބީލަމުގައި ބައިވެރިވި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން އިން ހުށަހެޅި އަގަށްވުރެ 780،180ރ. ބޮޑުކޮށެވެ.

އެމްބިއުލާންސް ގެނައުމަށް ފިނޭންސް މިނިސްޓްރީން ހަވާލުކޮށްފައިވާ ކުންފުންޏަކީ މޯހަން މުތާ އެކްސްޕޯޓް ނަމަކަށް ކިޔާ ކުންފުންޏެކެވެ. މި ކުންފުންޏަކީ ސަރުކާރުގެ އެކި ޕްރޮޖެކްޓްތައް ނަގައިގެން ރާއްޖޭގައި ވިޔަފާރި ކުރާތާ އެތައް އަހަރެއް ވެފައިވާ އިންޑިއާ ކުންފުންޏެކެވެ