Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

އައްޑޫ ކައުންސިލުން ފެންނަނީ ލީޑަޝިޕް ފެއިލްވެފައިވާތަން: ނިޒާރު

އައްޑޫ ސިޓީ ކައުންސިލް ދެކަފި ވެފައިވާ ކަމަށާއި ލީޑަޝިޕް ފެއިލްވެފައިވާ މަންޒަރު ފެންނަމުން އެބަދާ ކަމަށް ކުރީގެ މަޖިލިސް މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އެމްޑީއެންގެ ރިޕޯޓު ކުށްވެރިކޮށް ހުޅުދޫ ދާއިރާގެ ކައުންސިލަރ އިބްރާހިމް ޝުކުރީ އަދި މީދޫ އާއި މަރަދޫފޭދޫ ދާއިރާގެ ކައުންސިލަރ އަބްދުﷲ ހިޔާޒު ބަޔާނެއް ނެރެފައިވާއިރު އައްޑޫގެ ދެން ތިބި ފަސް ކައުންސިލަރުން އެކަމާ ގުޅިގެން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

ބައެއް އާންމުން ވަނީ މިހާރު ސޯޝަލް މީޑިޔާގައި، ދެން ތިބި ކައުންސިލަރުން އެކަން ނުކުރަނީ ކީއްވެގެންތޯ ސުވާލުވެސް ކުރަން ފަށާފައެވެ. ނަމަވެސް ކައުންސިލަރުންގެ ފަރާތުން ޖަވާބެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ކުރީގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ނިޒާރު ވިދާޅުވީ ފެއިލްވެފައިވާ ލީޑަޝިޕެއްގެ އަސަރު ފެނިގެން އަންނަ ކަމަށާއި އައްޑޫ ކައުންސިލާ މެދު ރައްޔިތުން ކުރާ އުއްމީދު ބޮޑު ކަމަށެވެ.