Last Updated: July 25, 18:05
Sunday, July 26, 2026
ޚަބަރު

އައްޑޫ ކެމްޕޭން މާލޭ ޖަގަހަ މިރޭ ހުޅުވަނީ

މާލޭގައި ހުޅުވާ އެމްޑީޕީ އައްޑޫ ކެމްޕޭން ޖަގަހަ މިރޭ ހުޅުވާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

މާލޭގައި ދިރިއުޅޭ އެމްޑީޕީ އައްޑޫ މެމްބަރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކެމްޕޭން ކުރަން ހުޅުވާ ޖަގަހަ ހުޅުވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދުގަ އެވެ.

މިރޭ 9:30 ގައި ޖަގަހަ ހުޅުއްވައި ދެއްވާނީ ނަޝީދެވެ.

ސެޕްޓެމްބަރު 7 ގައި ބާއްވާ ރިޔާސީ އިންތިހާބަށް އައްޑޫގައި ވެސް އެމްޑީޕީ މެމްބަރުން އަންނަނީ ވަރަށް ފޯރި އާ އެކު ކެމްޕޭން ކުރަމުންނެވެ.