Last Updated: May 17, 13:59
Friday, May 17, 2024
މުނިފޫހިފިލުވުން

ބަތަލާ އަމީ ދެވަނަ ފަހަރަށް ކައިވެނިކޮށްފި

އަމީލާ އާއި އޭނާގެ ފިރިމީހާ. ފޮޓޯ/ އަމީލާ އެފްބީ

ފިލްމީ ބަތަލާ އައިމިނަތު އަމީލާ (އަމީ) ދެވަނަ ފަހަރަށް ކައިވެނިކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި އަމީ މި ފަހަރު ކައިވެނި ކުރީ ސިފައިންގެ މީހަކާ އެވެ. އަދި ކައިވެނި ކުރީ އިއްޔެ އެވެ.

ސ. ހިތަދު އަށް ނިސްބަތްވާ އަމީ މީގެ ކުރިން ކައިވެނިކޮށްގެން އުޅުނީ ފިލްމީ ބަތަލު އަހުމަދު ލަތީފް (ލަތީ) އާ އެވެ. އެހެން ނަމަވެސް އެ ކައިވެނި 2011 ވަނަ އަހަރުގެ ތެރޭގައި ވަނީ ރޫޅިފަ އެވެ.

ބައެއް ފިލްމްތަކުންނާއި ޑްރާމާތަކުން އާންމުންގެ މަގުބޫލުކަން ހޯދާފައިވާ އަމީ، އޭނާގެ ފުރަތަމަ ކައިވެނި ރޫޅުމާ ބެހޭ ގޮތުން ބުނީ ލަތީ އާ ވަކިވާން ޖެހުނީ "އޭނާ ބިޓިން" ކަމުންނާއި "ބޭވަފާތެރިވުމުން" ކަމަށެވެ.

އެހެންވެ "ލަތީ ހިނގި މަގަކުން ވެސް ދެން ނުހިނގާނެ" ކަމަށް އަމީ ބުންޏެވެ.

އަމީ އާއި ލަތީގެ ކައިވެނި ރޫޅުނުތާ މާ ގިނަ ދުވަހެއް ނުވަނީސް ލަތީ ވަނި އެހެން ކައިވެންޏެއްް ކޮށްފަ އެވެ.