Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އަންނަ އަހަރަށް 40 ބިލިއަން ރުފިޔާ ބަޖެޓެއް

ދައުލަތުގެ ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި މެންބަރެއް ބަޖެޓު ފޮތް ހިފައިގެން -- ފޮޓޯ / އަވަސް

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބަޖެޓަކީ 39.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތުން ހާމަވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ 2020 އާއި 2022 ވަނަ އަހަރުގެ ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާނުގައިވާ ގޮތުން، އަންނަ އަހަރަށް އަންދާޒާކޮށްފައި ވަނީ 39.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން ޖުމްލަ ހަރަދަކީ 37 ބިލިއަން ރުފިޔާ އެވެ.

މި ބަޖެޓުގައި ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 6.5 ޕަސެންޓުގައި ހިފެހެއްޓޭއިރު، އަދި އަލަށް ފަށާ މަޝްރޫއުތަކަށް 5.5 ބިލިއަން ރުފިޔާގެ "ފިސްކަލް ސްޕޭސް" ލިބިގެންދާނެ ކަމަށް ބުނެފައިވެ އެވެ.

އަންނަ އަހަރަށް 39 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަން ތައްޔާރުވާއިރު، މި އަހަރަށް ހަރަދު ކުރަމުން ގެންދަނީ 30 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.