އޮޑިޓާ ޖެނެރަލް އޮފީހުގެ ބަޖެޓްގެ ގޮތުގައި އަންނަ އަހަރަށް 64 މިލިއަން ރުފިޔާ ދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ނިންމައިފިއެވެ.
ދެހާސް ނަވާރަވަނަ އަހަރަށް މަޖިލީހުން އޮޑިޓު އޮފީހަށް ފާސްކޮށްދީފައިވަނީ 60 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މިއަހަރު މަޖިލީހުން ވަނީ އެ އަދަދު 4 މިލިއަނަށް އިތުރު ކޮށްދީފައެވެ.
އަންނަ އަހަރަށް އޮޑިޓު އޮފީހުން އޮޑިޓަރ ޖެނެރަލްގެ މުސާރައާ އެހެނިހެން އިނާޔަތްތަކުގެ ގޮތުގައި 795،000 ރުފިޔާ ކަނޑައަޅާފައިވާއިރު މުވައްޒަފުންގެ މުސާރައާ އެހެނިހެން އިނާޔަތްކަށް 43.98 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
އަންނަ އަހަރަށް ކަނޑައަޅާފައިވާ ހަރަދުތައް:
• ޕެންޝަން ފައިސާއަށް – 1.25 މިލިއަން ރުފިޔާ
• މުވައްޒަފުން ތަމްރީނު ކުރުމާއި ފެންވަރު މަތިކުރުން – 1.74 މިލިއަން ރުފިޔާ
• ދަތުރުފަތުރާއި އެހެނިހެން ކަންތައްތަކުގެ ހަރަދު – 4.89 މިލިއަން ރުފިޔާ
އޮޑިޓު އޮފީހުގެ ބަޖެޓު ކޮމެޓީން ފާސް ކޮށްދީފައިވާއިރު އަންނަ އަހަރަށް ދައުލަތުން ކަނޑައަޅާނެ ބަޖެޓަކީ40 ބިލިއަން ރުފިޔާގެ ބަޖެޓެއްކަން މިއަދު ވަނީ ހާމަވެފައެވެ.