މިހާރު އައްޑޫއަށް ކުރަމުންދާ ވިއްސާރައިގައި ރޭ ދަންވަރު ހިތަދޫ ގެއެއްގެ ފުރާޅު ގަދަ ވަޔާއި އެކު އެއްލާލައިފިއެވެ.
ރޭ ދަންވަރު 1:30 ހާއިރު ގަދަވަޔާއި އެކު އެއްލާލާފައިވަނީ ހިތަދޫ އަސްރާ މަންޒިލްގެ ފުރާޅުއެވެ.
އެސަރަހައްދުގެ މީހަކު "އައްޑޫލައިވް" އާއި ވާހަކަ ދައްކަމުން ބުނީ އަސްރާ މަންޒިލްގެ ފުރާޅުގެ ބޮޑު ބައެއް އެއްލާލާފައިވާ އިރު ފުރާޅުގެ އެއްބައި އޮތީ ޖެހިގެން ހުރިގޭގެ ފުރާޅު މަތީގައި ކަމަށެވެ.
އައްޑޫއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހިތަދޫގެ ބައެއް މަގުތަކުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބޮޑެތި ފެންގަޑުތައް ހެދިފައިވާ އިރު އަދި މިހާތަނަކަށް އިތުރު ގެއަކަށް ގެއްލުން ވެފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވެއެވެ.