Last Updated: May 14, 22:22
Tuesday, May 14, 2024
ޚަބަރު

އީއެލްސީގެ ދެ ދަރިވަރަކު ގްލޯބަލް އެވޯޑް ހޯދައިފި

އެވްރީ ވަން ލާނިން ސެންޓަރ (އީއެލްސީ)ގައި ކިޔަވަމުން އަންނަ ދެ ދަރިވަރަކު ގްލޯބަލް އެވޯޑްސް ހާސިލް ކޮށްފިއެވެ.

އޮސްޓްރޭލިއާގެ ޔުނިވަރސިޓީއޮފް ނިއުސައުތު ވޭލްސްގެ އިންޓަރނޭޝަނަލް އެސެސްމެންޓް ފޯ ސްކޫލްސްގެ އިމްތިހާނުގައި ބައިވެރިވެ އެވޯޑް ހޯދާފައިވަނީ ސ.ހިތަދޫ އަލީ ސަނީމް އާއި ޒަހުވާ ޒަރީރްއެވެ.

ސަނީމް ވަނީ ކޮމްޕިޔުޓަރސް އާއި ސައިންސް ދެ މާއްދާއިން ގްލޯބަލް ގޯލްޑް މެޑެލް ހާސިލް ކޮށްފައެވެ. ޒަހުވާ ގޯލްޑް މެޑެލް ހޯދާފައިވަނީ އިންގްލިޝްއިންނެވެ. ގްލޯބަލް ގޯލްޑް މެޑެލް އަކީ އެ އިމްތިހާން ގައި ބައިވެރިވާ ހުރިހާ ދަރިވަރުންގެ ތެރެއިން އެންމެ މަތީ މާކުސް ހޯދާ ދަރިވަރުންނަށް ލިބޭ އިންޓަނޭޝަނަލް މެޑެލެކެވެ

ރޭ ޝަރަފުއްދީން ސްކޫލްގައި ބޭއްވި އީއެލްސީ އައްޑޫ ބްރާންޗްގެ ދެވަނަ އަހަރީ ދުވަސް ފާހަނގަކުރުމަށް ބޭއްވި ރަސްމިއްޔަތުގައި މި ދަރިވަރުންނަށް ވަނީ އެވޯޑް ހަވާލުކޮށްފައެވެ.

ރޭގެ ރަސްމިއްޔާތުގައި އީއެލްސީން ތަފާތު އިމްތިހާންތަކުގައި ބައިވެރިވި 103 ދަރިވަރުންގެ ތެރެއިން އެކި އިމްތިހާން ތަކުން މަތީ ވަނަ ތައް ހާސިލް ކުރި ދަރިވަރުންނަށް ވަނީ އެވޯޑް ދީފައެވެ.